މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވާދޫލައިވް

ރ. ވާދޫއިން ފުރަތަމަ ފަހަރަށް މުޖުތަމައު ތެރެއިން ކޮވިޑް ފެނިއްޖެ

ރ. އަތޮޅު ވާދޫން ފުރަތަމަ ފަހަރަށް މުޖުތަމައު ތެރެއިން ކޮވިޑް19 ފެނިއްޖެއެވެ.

ކޮވިޑް19 ރާއްޖޭން ފެނުނުތާ 2 އަހަރު ވެފައިވާއިރު، އަދި ރާއްޖޭގެ ގިނަ ރަށްތަކުން މުޖުތަމައު ތެރެއިން ކޮވިޑް ފެނިފައިވީނަމަވެސް މިހާތަނަށް ރ. ވާދޫން ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. 

ނަމަވެސް، ކަރަންޓީންގައި ޕޮޒިޓިވް ވެފައިތިބި ދެ މީހަކާ ކޮންޓެކްޓް ވެގެން ޕޮޒިޓިވްވި 2 މީހަކާއި ރޯގާގެ އަލާމާތްތައް ހުރެގެން އެރަށުން ޓެސްޓް ކުރި 2 މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

އެހެންކަމުން، ވާދޫ ސިއްހީ މަރުކަޒުން ވަނީ، ރަނގަޅަށް މާސްކް އެޅުމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ