މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ރ. މީދޫ އެމްޖޭއެސްގެ ފުޓްސަލް މުބާރާތް މެއި މަހު ބާއްވަނީ

ރ. މީދޫގައި ހަރަކާތްތެރިވާ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއް ސަލާހުން އެރަށު ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެމްޖޭއެސްއިން މައުލޫމާތު ދިންގޮތުގައި، މެއި 2 ގައި ފަށާ މި މުބާރާތަކީ އެ ރަށު ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. 

މީގެ ކުރިން އެ ޖަމިއްޔާއިން ބާއްވަމުން ގެންދަނީ، ފުޓްބޯޅަ މުބާރާތެކެވެ. އަދި އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތެއް މީގެ ކުރިން ކުރިޔަށް ގެންގޮސްފައިވެއެވެ. 

އެމްޖޭއެސްއިން ބުނީ، ފުޓްސަލް މުބާރާތެއް ބާއްވަން ނިންމީ، އެ ރަށު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ދިގުލައިގެންގޮސް ގިނަ ދުވަސްތަކެއް ވެފައިވާތީ، ބޮޑު ފުޓްބޯޅަ މުބާރާތެއް މި ދަނޑިވަޅުގައި ބާއްވަން ދަތިވެފައިވާތީ ކަމަށެވެ. 

ނަމަވެސް، ދަނޑުގެ މަސައްކަތް ނިމުމުން ކުރިން ބާއްވާ ފުޓްބޯޅަ މުބާރާތް އަލުން ބާއްވަން ފެށޭނެކަމަށް ވެސް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. 

ޖަމިއްޔަތުއް ސަލާހަކީ އެ ރަށުގައި ކާމިޔާބު ގިނަ މުބާރާތްތަކެއް ވަރަށް ކުރީއްސުރެވެސް ހިންގަމުން ގެންދާ ޖަމިއްޔާއެކެވެ. އަދި އިޖުތިމާއީގޮތުން އަތޮޅު ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ