މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ޕާކިސްތާން އެމްބަސީގެ އެހީގައި ފައިނު ހުކުރު މިސްކިތުގައި ކާޕެޓް އަޅައިފި

ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ އެހީގައި ފައިނު ހުކުރު މިސްކިތް މަސްޖިދުލް ފަލާހުގައި ކާޕެޓް އަޅައިފިއެވެ.

ޕާކިސްތާނު އެމްބަސީން މަސްޖިދުލް ފަލާހަށް ބޭނުންވާ ކާޕެޓު ހަދިޔާކޮށްފައިވަނީ، ފައިނު ކައުންސިލްގެ ނިމުނު ދައުރުގައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުގެ އެހީތެރިކަމާއެކުއެވެ. 

އަދި ކޮވިޑް19 ގެ ހާލަތު ގޯސްވެ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން އެންގުމުން، ކާޕެޓުތައް ނާޅާ ވަނީ މަޑުޖައްސާލާފައެވެ.

އޭގެފަހުން ކުރިޔަށް އޮތް ރަމަޟާން މަހަށް މިސްކިތް ޒީނަތްތެރި ކުރުމުގެ ގޮތުން، ކައުންސިލުން މިހާރުވަނީ ކާޕެޓު އެޅުމުގެ މަސައްކަތްކޮަށް ނިންމާލާފައެވެ. މިސްކިތަށް ކާޕެޓު ހޯއްދަވައިދެއްވުމުގައި މެދުވެރިވެދެއްވީތީ ޕާކިސްތާން އެމްބަސީއަށާއި މެންބަރު އާދަމް ޝަރީފަށް ފައިނު ކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. 

މިއީ ފައިނުގެ މިސްކިތެއްގައި ކާޕެޓު އެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ