މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ސަރުކާރުގެ ވަޒީރުން މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ފައިނަށް މިއަދު ވަޑައިގެންފިއެެވެ. މިނިސްޓަރ މިއަދު ފައިނަށް ވަޑައިގެންނެވުމުން ފައިނުގެ ގިނަ ބަޔަކުވަނީ ބަނދަރަށް ނުކުމެ ހޫނު މަރުހަބާއެއް ކިޔާފައެވެ. ފައިނަށް ވަޑައިގެން ފައިނު ކައުންސިލާއި ރަށުގެ މުއައްސަސާތަކާއެކު ރަށުގެ ބައެއް ރައްޔިތުންނާ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިދަތުރުގައި ފައިނަށް ނިސްބަތްވާ ހެލްތް މިނިސްޓްރީގެ ނައިބު އިބްރާހީމް...
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ. އިސްތިއުފާދެއްވަވާ މިއަދު އާދަމް ޝަރީފް އާންމު ކުރެއްވި ސިޓީއެއްގައި ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ރައީސް ދައުވަތު ދެއްވަވާފައިވާ ކަމަށާއި އެހެންކަމުން، އަލަށް އުފެދުނު ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި އެއީ މިވަގުތު މަޑުއްވަރީ...
ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ އެހީގައި ފައިނު ހުކުރު މިސްކިތް މަސްޖިދުލް ފަލާހުގައި ކާޕެޓް އަޅައިފިއެވެ. ޕާކިސްތާނު އެމްބަސީން މަސްޖިދުލް ފަލާހަށް ބޭނުންވާ ކާޕެޓު ހަދިޔާކޮށްފައިވަނީ، ފައިނު ކައުންސިލްގެ ނިމުނު ދައުރުގައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުގެ އެހީތެރިކަމާއެކުއެވެ. އަދި ކޮވިޑް19 ގެ ހާލަތު ގޯސްވެ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން އެންގުމުން، ކާޕެޓުތައް ނާޅާ ވަނީ މަޑުޖައްސާލާފައެވެ.އޭގެފަހުން ކުރިޔަށް އޮތް ރަމަޟާން މަހަށް މިސްކިތް...