ރައީސް ޔާމީނާއި ބައްދަލުވުމުން ސިޔާސީ މަސައްކަތްތައް ކުރިޔަށް ގެންދަން ހިތްވަރު ލިބިއްޖެ - އާދަމް ޝަރީފް
ރައީސް ޔާމީނާއި ބައްދަލުވުމުން ސިޔާސީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހިތްވަރު ލިބިއްޖެކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައިކޯޓް ތެރޭގައި މިއަދު ރައީސް ޔާމީނާއި ބައްދަލުވި ކަމަށާއި، ރައްޔިތުންގެ ހެޔޮ ދުޢާއަށްޓަކައި ރައީސް ޔާމީން ޝުކުރު ޢަދާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވި ކަމަށްވެސް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ރައީސް ޔާމީނާއި ބައްދަލުވުމުން ސިޔާސީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ރަނގަޅު ޙިޔާލާއި ހިތްވަރު ލިބުނު ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގައި މިއަދު ވަނީ ހައިކޯޓުގައި އެކަމާއި ގުޅޭ ހުކުމް ކުރުމުގެ މަޖިލިސް ކުރިޔަށް ގެންގޮސްފައެވެ. ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން މިއަދު ވަނީ ތާޢީދުކޮށް ހުކުމް އިއްވާފައެވެ.