މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޖިލިސް

ޑިމޮކްރެޓްސްގެ ޓިކެޓްގައި މުޙައްމަދު ވަޙީދު އިނގުރައިދޫ ދާއިރާއަށް ނިކުންނަވަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު ވަޙީދު ކުރިމަތިލައްވައިފިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެކި ދާއިރާތަކަށް ވާދަކުރަން އެދުނު ފަރާތްތަކުގެ ނަންތައް އެ ޕާޓީން މިއަދު ވަނީ އާންމުކޮށްފައެވެ. 

އެ ޕާޓިން ބުނެފައިވަނީ، ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެންބަރަކު ކުރިމަތިލާފައިވާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެންބަރަކަށް ޕާޓީގެ ޓިކެޓު ހަވާލުކުރެވޭނެ ކަމަށެވެ. އަދި، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބޭއްވޭ ޕްރައިމަރީ އޮންނާނީ 3 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ކަމަށް ވަނީ އެ ޕާޓީން ބުނެފައެވެ.  

ލިސްޓްގައިވާގޮތުން، އިނގުރައިދޫ ދާއިރާއަށް މިފަހަރު ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަން އެދި ހުށަހަޅާފައިވަނީ މުޙައްމަދު ވަޙީދު އެކަންޏެވެ. އެހެންކަމުން، ޕްރައިމަރީއަކާ ނުލާ މުޙައްމަދު ވަޙީދުއަށް ޓިކެޓް ލިބޭގޮތްވަނީ ވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ