މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މިނިސްޓަރ މަހްލޫފް

ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ހޯދުމަށް ހުށަހަޅައިފި

ރ. މީދޫގައި ތަރައްޤީ ކުރާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައިވާތީ، އެކަމާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅަައިފިއެވެ.

އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި، ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި ވަނީ ކީއްވެތޯއާއި، ދަނޑުގެ މަސައްކަތް ކުރިޔަށް ނުދާ ސަބަބަކީ ކޮބައިތޯއާއި، އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ތާރީޚެއް ލިޔުމުން ސާފުކުރުމަށް ހުށަހަޅާފައިވެއެވެ. 

އާދަމް ޝަރީފް ވިދާޅުވީ، އެ ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ކައުންސިލާއި ރަށުގެ ޒުވާނުންގެ އިތުރުން މެންބަރު ވެސް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އަދި އެ ސުވާލްތަކަށް މިނިސްޓަރ މަޚްލޫފް ޖަވާބު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. 

މީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރީ މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި 50 ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ.

ނަމަވެސް އެކި ސަބަބުތަކާއިހުރެ އަދިވެސް ވަނީ އެމަސައްކަތް ނުނިމިއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޙަސަން 3 years ago

ދަނޑު ހަދާ މީހުންނަށް ބަރާބަރަށް މުސާރަ ލިބޭ. ޢެހެންވީމާ ކޮބާ މަައްސަލައަކީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ