މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރ. މީދޫގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާއިރު މަސައްކަތް ކުރަނީ މައިނާ ސްޕޯޓްސް ފީލްޑް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެނެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި ޓާފު އެޅުމުގެ މަސައްކަތް އެއް މަސްތެރޭ ނިންމާލާނެއެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، ރ. މީދޫ ޓާފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ....
މަސައްކަތް ނިންމަން ދިން މުއްދަތު ފަހަނައަޅާ ދިޔަތާ އެތައް ދުވަހެއް ފަހުން، ރ. މީދޫގައި ސަރުކާރުން ތަރައްގީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާލާފައިވާއިރު، މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ ދަނޑުގެ ވަށާ ފާރާއި ފެންސުގެ މަސައްކަތްތަކެވެ.މީދޫގެ ޓާރފް ދަނޑުގެ ސަބްބޭސްގެ ސާވޭގެ މަސައްކަތް 2020 ވަނަ...
ރ. މީދޫގައި އަޅަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނިމޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މަޚްލޫފް މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފައެވެ.އާދަމް ޝަރީފްގެ ސުވާލުގައި ވަނީ މީދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާއި...