މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީދޫ ޓައިމްސް

ގިނަ ދުވަސްތަކަކަށްފަހު މީދޫ ޓާރފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމިއްޖެ

މަސައްކަތް ނިންމަން ދިން މުއްދަތު ފަހަނައަޅާ ދިޔަތާ އެތައް ދުވަހެއް ފަހުން، ރ. މީދޫގައި ސަރުކާރުން ތަރައްގީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާލާފައިވާއިރު، މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ ދަނޑުގެ ވަށާ ފާރާއި ފެންސުގެ މަސައްކަތްތަކެވެ.

މީދޫގެ ޓާރފް ދަނޑުގެ ސަބްބޭސްގެ ސާވޭގެ މަސައްކަތް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިއެވެ. އެ ދުވަހު، އާރްޑީސީގެ އެމްޑީ މޫސާ ޢަލީމަނިކު ވިދާޅުވެފައިވަނީ، އަމާޒަކީ ފަންސާސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލުން ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި ގިނަ ދުވަސްވަމުން ދާތީ، އެރަށު ޒުވާނުންގެ ބަޔަކު ނުކުމެ ދަނޑުގައި މިރުސްގަސް ވެސް އިންދިއެވެ. 
އާރްޑިސީން މީގެ ކުރިން ބުނީ، ސަބްބޭސްގެ މަސައްކަތް ނިންމާ ނުލެވިގެން އުޅެނީ، އެތަނަށް ބޭނުންވާ ވެލި ނުލިބުމާއި ކޮވިޑާއި ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. 

ޓާރފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުގައި ޓާރފް އެޅުމަށް ހަވާލުކޮށްފައިވާ މައިނާ ސްޕޯޓްސް ފީލްޑް ކުންފުންޏަށް މިހާރު ވަނީ ޓާރފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް  އަންގާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
100%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ