މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ސަބްބޭސްގެ ސާވޭގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: އާރ.ޑީ.ސީ

ރ. މީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ ސާވޭ ފަށައިފި

ރ. މީދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދަނޑުގެ ސަބްބޭސްގެ މަސައްކަތުގެ ސާވޭ ފަށައިފިއެވެ. 

ރޯޑް ޑިވެލޮޕްމަންޓް ކޮޕަރޭޝަނުން ވިދާޅުވެފައިވަނީ، މިމަސައްކަތް އެކުންފުންޏާއި ހަވާލު ކުރައްވާފައިވަނީ ޔޫތު މިނިސްޓްރީން ކަމަށެވެ. މިކަމާއި ގުޅޭގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު، ފައިނު އޮންލައިންއަށް ވިދާޅުވީ، މިމަސައްކަތް އެކުންފުންޏާއި ޙަވާލު ކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން މިމަސައްކަތަށް މަޑުޖެހުމެއް އައިކަމުގައި ވީނަމަވެސް، މިހާރު މަސައްކަތް ފެށިފައިވާ ކަމަށާއި އެހެންކަމުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. މޫސާ ޢަލީމަނިކު މަޢުލޫމާތު ދެއްވި ގޮތުގައި، މީދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުވެފައިވަނީ، ދަނޑުގެ ސަބްބޭސްގެ މަސައްކަތް އެކަންޏެއެވެ. 

މޫސާ ޢަލީމަނިކު އިތުރަށް ވިދާޅުވީ، މީދޫއާއި މުޅި ރ. އަތޮޅަކީވެސް ފުޓްބޯޅައިގެ އަތޮޅެއް ކަމަށާއި އެހެންކަމުން، ރ. އަތޮޅުގެ ހުޅަނގު ބިތުގައި މިފަދަ ޒަމާނީ ފެންވަރުގެ ދަނޑެއް ޤާއިމް ކުރެވިގެން ދިޔުމަކީ، މީދޫއާއި އަތޮޅުގެ ފުޓްބޯޅައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ