މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މީދޫ ފުޓްބޯޅަ ދަނޑު މި އަހަރު ނިމޭނެ: މަޚްލޫފް

ރ. މީދޫގައި އަޅަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނިމޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފައެވެ.

އާދަމް ޝަރީފްގެ ސުވާލުގައި ވަނީ މީދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބާއި މި މަޝްރޫއު ނިމޭނެ ތާރީހު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ. 

އާދަމް ޝަރީފްގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރ މަޚްލޫފް ވިދާޅުވީ މީދޫގެ ފުޓް ބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ލަސްވީ އެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ނިންމުމަށް ބޭނުންވާ ވެލި ރަށުން ނުލިބެގެން ކަމަށެވެ.

މި ސަބް ބޭސް ނިންމުމަށް އިތުރަށް ބޭނުންވާ ވެލި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މީދޫ ފުޓްބޯލަ ދަނޑަށް ބޭނުންވާ ޓާފް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް މަޚްލޫފް ވިދާޅުވިއެވެ.

މިނިސްޓަރގެ ޖަވާބުގައި ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ބަޔަކާ މިހާރު ހަވާލުކޮށްފައިވަ ކަމަށާއި އަދި މި މަޝްރޫއު މިއަަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލެވޭނެ ކަމަށެވެ. 

މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަަށު ޒުވާނުން ނުކުމެ ވަނީ ދަނޑުގައި މިރުސްގަސް ވެސް އިންދާފައިކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ