މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަވަސް

އެޗް.ޕީ.އޭ ސިޔާސީ ވެއްޖެ - އާދަމް ޝަރީފް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ސިޔާސީ ވެފައިވާކަމުގެ ތުހުމަތު އާދަމް ޝަރީފް ކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކެމްޕޭން ކުރެވޭގޮތަށް އެޗް.ޕީ.އޭގެ ގައިޑްލައިނަށް ގެނައި ބަދަލަކީ މީހުން ބަލައިގަންނަ ބަދަލަކަށް ނުވި ކަމަށެވެ. އަދި އެޗް.ޕީ.އޭ ސިޔާސީ ވެއްޖެ ކަމަށް ވިދާޅުވެ، އާދަމް ޝަރީފްގެ ޓްވީޓްގައި މީ މަގޭ ރާއްޖެ ރ. މީދޫ ފޭސްބޫކް ޕޭޖްގެ ޕޯސްޓެއް ހިމަނުއްވާ ވިދާޅުވެފައިވަނީ ރައްކާތެރިކަމަށްޓަކައި ދާއިރާއިން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެ ޕޭޖުގައި ބުނެފައިވަނީ، މޮނިޓަރިންގ ޙާލަތުގައިވާ އެއްވެސް ރަށަކުން ސީދާ މީދޫއަށް ކެމްޕެއިން ހަރަކާތްތައް ހިންގަން އައުމާއި ދެކޮޅު ކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ކެމްޕެއިނަށް އަތޮޅު ތެރެއަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭގޮތަށް އެޗް.ޕީ.އޭގެ އުޞޫލު ބަދަލު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ