މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޖިލިސް

ވަޒީރުކަމާއި ހަވާލުވުމަށް އާދަމް ޝަރީފް މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވަވާ މިއަދު އާދަމް ޝަރީފް އާންމު ކުރެއްވި ސިޓީއެއްގައި ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ރައީސް ދައުވަތު ދެއްވަވާފައިވާ ކަމަށާއި އެހެންކަމުން، އަލަށް އުފެދުނު ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. 

އަދި އެއީ މިވަގުތު މަޑުއްވަރީ ދާއިރާއަަށާއި މުޅި ދިވެހި ގައުމަށް ވެސް އެންމެ ފައިދާކުރާނެ ގޮތްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން، މަޖިލީހުގެ ދައުރުގައި ކުރިއަށް ގެންދެވި ބައެއް މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވާ ވިދާޅުވީ، މަޖިލީހުގައި މަސައްކަތް ކުރި ދުވަސްތަކުގައި ދާއިރާގެ ލޮބުވެތި ރައްޔިތުން ދިން ހިޔާލުތަކާއި ކުރި އިތުބާރާއި ބެހެއްޓި ގާތްކަމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. 

މިރޭ 7:45 ގައި އާ ސަރުކާރުގެ ކެބިނެޓް ހުވާކުރުން އޮންނައިރު، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ޝަރީފް ހަވާލުވެވަޑައިގަންނަވަނީ އަލަށް އުފައްދަވާ ލޯކަލް ގަވަރނަންސް މިނިސްޓްރީއާއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ