މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މީދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވެ، އާދަމް ޝަރީފްގެ ކަންބޮޑުވުން

މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޖުތަމައު ތެރޭގައި ބަލި ފެތުރެން ފެށުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ، ރ. މީދޫއިން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވާތީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިމަހުގެ ނުވަވަނަ ދުވަހު މީދޫއިން ނެގި، ސާމްޕަލްތައް އަދިވެސް ހުރީ، ހުޅުމާލޭ ލެބުގައި ކަމަށް ވިދާޅުވެ، އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ލިބުން ލަސްވުމަކީ އާންމުން ކުރަމުން އަންނަ ނިމުމެއް ނެތް ޝަކުވާއެއް ކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި ރަށް އޮތްއިރު ވެސް، ނަތީޖާތައް ލިބުމުގައި ބޮޑެތި ލަސްތަކެއް އުޅުމަކީ މީދޫގެ ގިނަ ބައެއްގެ ޝަކުވާއެކެވެ. 
މިގޮތުން، މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޕީއެންސީގެ ނައިބު ރައިސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެންމެ ކުޑަ މިނުން، މީދޫ ހެލްތް ސެންޓަރުގެ ލެބުން ކޮވިޑަށް ޓެސްޓް ހެދެންވާނެ ކަމަށް މީދޫގެ ރައްޔިތުން އުންމީދު ކުރައްވާ ކަމަށެވެ. 

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ކަރަންޓީނުގައި ނެތް 4 މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން، ރ. މީދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް، ރަށް ފުރަބަންދު ކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އެރަށުން، 51 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މިސްބާހު 3 years ago

އުނގޫފަހަރުން ޓެސްޓް ހެދެޔޯ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ