މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

އެމްޖޭއެސް ރާބަދި ޗެލެންޖު ފަށައިފި

ރ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ހާއްސަކޮށްގެން ރ. މީދޫ ޖަމިއްޔަތުއް ސަލާހުން ކުރިޔަށް ގެންދާ ރާބަދި ޗެލެންޖު ފުޓްސަލް މުބާރާތް މިރޭ އެ ރަށުގައި ފަށައިފިއެވެ.

ޖުމުލަ 12 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޮތައިފަރު އަދި ދިގަލި މޯލްޑިވްސްއެވެ. މި މެޗު 5 – 1 ން ކާމިޔާބުކުރީ ދިގަލި މޯލްޑިވްސްއިންނެވެ. މި މެޗުގެ މޭން އޮފްދަ މެޗުގެ މަގާމުހޯދީ ދިގަލި މޯލްޑިވްސްގެ އިބްރާހީމް އިރްޝާމްއަލީ އެވެ.  

3 ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޖޯލި ބީންއާއި ހެރިޓެންސްއެވެ. 
 
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިމަހުގެ 28 ގައި ކުޅެން ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހުއެވެ. 

މި މުބާރާތަކީ، 2019 އަހަރު ކުރިޔަށް ގެންދަން ފެށި މުބާރާތެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މި މުބާރާތް ފާއިތުވި 2 އަހަރު ބޭއްވިފައެއް ނުވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ