މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޖޭއެސް

އެމްޖޭއެސް ރާބަދި ޗެލެންޖުގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދައިފި

ރ. މީދޫ ޖަމިއްޔަތުއް ސަލާހުން ކުރިޔަށް ގެންދިޔަ ރާބަދި ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދައިފިއެވެ.

ފުރިހަމަ އިންތިޒާމުތަކަކާއިއެކު ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ރ. އަތޮޅުގެ ޖުމުލަ 12 ރިސޯޓަކުން ބައިވެރިވެފައިވެއެވެ. 

3 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދީ، ޔޫއެންމީއާއި ވާދަކޮށް 6 - 0 އިންނެވެ. ފައިނަލް މެޗްގެ "މޯސްޓް ވެލިއުބަލް ޕްލޭޔަރ" އަކަށް ހޮވިފައިވަނީ ޖޯލި ބީންގެ ޖުމާންއެވެ. 

މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ، ދިގަލި މޯލްޑިވްސްގެ އިބްރާހީމް އިރުޝާމް ޢަލީއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ، ޗޫއެންމީގެ ކޯޗް މުޙައްމަދު ހަމީނެވެ.

މުބާރާތުގެ ގަދަ 5: 
- އިބްރާހީމް އިރުޝާމް ޢަލީ - ދިގަލި މޯލްޑިވްސް
- އިބްރާހީމް ނަދީމް އާދަމް - ޔޫއެންމީ
- އަޙްމަދު މުނައްވަރު - ކޯރާކޯރާ
- ޢަބްދުﷲ ހަނީފް (ބެންޖޯ) - ޖޯލިބީން
- މުޙައްމަދު ޖުމާން - ޖޯލިބީން

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޖޯލިބީންގެ މުޙައްމަދު ހަނީފް (ބެންޖޯ) އެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ