މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެޑިޔުކޭޝަން

އަނގޮޅިތީމު ސްކޫލްގައި 2 ކްލާސްރޫމްގެ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ރ.އަނގޮޅިތީމު ސްކޫލުގައި 2 ކްލާސްރޫމް އިމާރާތް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާން އެއިޑްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށަހަޅާފައިވަނީ 1,388,059.44ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް ފަންސާސް ނުވަރުފިޔާ ސާޅީސްހަތަރު ލާރި)އެވެ. މިއީ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު މާހިން މަޖީދެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ