މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރު ޕެޓްރޯލް ޝެޑް އެއްކޮށް ހަލާކުވެއްޖެ

ބަނދަރަށް ގާތްކުރަން އުޅެނިކޮށް، ލޭންޑިން ކްރާފްޓެއްގެ ރޭމްޕުން ޖެހި، ރ. ހުޅުދުއްފާރު ބަނދަރު ކައިރީގައި ހަދާފައިވާ ޕެޓްރޯލް ޝެޑެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 11 ޖަހާކަންހާއިރު، ކޮޅުވެއްޓިއެއް ފަޅުގައި އަޅަން އުޅެމުގެ ތެރޭގައި އޭގެ ރޭމްޕުން ޖެހި ބަނދަރު ކައިރީގައި ހަދާފައިވާ ހޯކްސްގެ ޕެޓްރޯލް ޝެޑެއް އެއްކޮށް ހަލާކުވެފައެވެ. 

އެ ރަށު ކައުންސިލްގެ ރައީސްއާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ، ކޮޅުވެއްޓި ފަޅުގައި އަޅަން އުޅުނީ ވެސް އޭގެ ރޭމްޕް ހުޅުވައިގެން ކަމަށެވެ.

އެ ޝެޑަކީ ގާތްގަނޑަކަށް މީގެ ހަތަރު މަސް ކުރިން ހިދުމަތް ދޭން ފެށި ތަނެކެވެ. އެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ފުނޑިފައިވާއިރު، ކައުންސިލްގެ ރައީސް އާތިފް ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގީ ވެސް ވަރަށް ވައިބާރުވެ، މޫސުން ގޯސް ވަގުތެއްގައި ފަޅުގައި ކޮޅުވެއްޓި އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. 

ކޮޅުވެއްޓިއަކީ ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް ކުރާތީ އެ ރަށުގެ މަގުތަކުގައި ހުރި ރުއްތައް ނެގުމަށް އެކްސަވޭޓަރެއް ހިފައިގެން ދިޔަ ކޮޅުވެއްޓިއެއް ކަމަށް މައުލޫމާތު ލިބެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ