ކިނޮޅަސް ކައުންސިލާ ފައިނު ފެނަކަ މުވައްޒަފުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފި
އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ރ. ކިނޮޅަހު ކައުންސިލް އިދާރާގެ ޓީމަކާ ފެނަކަ ފައިނު ބްރާންޗް މުވައްޒަފުންގެ ޓީމެއް އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ.
ކިނޮޅަހު ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗް 8 – 6 އިން ކާމިޔާބު ކޮށްފައިވަނީ ފައިނު ފެނަކަ ޓީމުންނެވެ. މި މެޗްގައި ފައިނު ޓީމުން ގޯލްތައް ޖަހާފައިވަނީ، ޝަފީއު 4، އަޝްރަފް 2 އާދަމް ސައީދު 1 އަދި ޢަލީ އަޙްމަދު 1 ގޯލެވެ.
މިއީ މި ދެ މުއައްސަސާގެ މުވައްޒަފުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.