މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އަނގޮޅިތީމު ކައުންސިލަރުން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ބަހައިފި

ރ. އަނގޮޅިތީމުގެ ކައުންސިލަރުންގެ އަމިއްލަ ހަރަދުގައި އެ ރަށުގެ ރައްޔިތުންގެ ގިނަބަޔަކަށް ކާޑުގެ ބާވަތްތައް ބަހައިފިއެވެ.

އެ ރަށު ކައުންސިލުން ބުނެފައިވަނީ، މިދިޔަ ދުވަސްތަކުގައި ވިއްސާރަވެ ކަނޑުގަދަ ވުމުގެ ސަބަބުން އެ ރަށަށް ބޯޓުފަހަރުގައި ކާޑު ގެނެވޭގޮތް ނުވުމުން ބައެއް އާއިލާތައް ކާޑަށް ޖެހިފައިވާކަމަށެވެ. އަދި އެހެންކަމުން، އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، 5 ކައުންސިލަރުންގެ ދީލަތި އެހީގައި ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. 
ކާޑުގެ ބާވަތްތައް ގޭގެއަށް ބެހުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ކައުންސިލް
އެ ކައުންސިލުން ބުނީ ކާޑުގެ ބާވަތްތައް ގޭގެއަށް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ، ކައުންސިލް އިދާރާގެ މުވައްޒަފުންނާ، ހެޔޮއެދޭ އެކި ފަރާތްތަކުގެ ވެސް އެހީތެރިކަމާ އެކުކަމަށެވެ. 

600 އަށްވުރެ ދަށުގެ އާބާދީއެއް އޮންނަ އަނގޮޅިތީމަށް އާންމުކޮށް ކާބޯތަކެތި ގެންނަނީ އަތޮޅުތެރޭ ދުއްވާ އެހެން ރަށްރަށުގެ ބޯޓުފަހަރުގައެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ