މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޖިލިސް

އިނގުރައިދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބޭރުގެ ލޯނު ހަމަޖެހުމުން ފަށާނެ: މިނިސްޓްރީ

ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ލޯނު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށާ، ލޯނު ހަމަޖެހުމުން އެކަން ލަސްނުވެ ފެށޭނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދޭން އެދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު، ހޯމް މިނިސްޓަރު އިމްރާނަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހޯމް މިނިސްޓްރީއިން ފޮނުވި އެ ސިޓީ ވަނީ އިއްވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތަކީ އަތޮޅުތެރޭގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމަށް ހިންގާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަމަށެވެ. އަދި ޕޮލިސް ސްޓޭޝަން އެޅުމަށް އެ މަޝްރޫއުގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ހަމަޖެއްސުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށެވެ.

ލޯނު ހަމަޖެހުނު ހާ އަވަހަކަށް ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ފަށާނެކަމަށް ހޯމް މިނިސްޓްރީގެ ޖަވާބު ސިޓީގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަން ފެށޭނެ ވަކި ތާރީހެއް ބަޔާންކޮށްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ތޮއިލާ 2 years ago

އިމާރާތެއް އަޅާނެ ހުތްވަރުވެސް ނެތް. ފީއިލޮށިން ގިޑިގިއެއް އެޅިޔަސް ބޭރު ޤައުމެއްގެ އެހީ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ