މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީއެސްއެމް

ރ. އަތޮޅަށް 100 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ހޯދަނީ

ރ. އަތޮޅުގެ ރަށްތަކުގައި ހިދުމަތް ކުރާނެ 100 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ހޯދަން އިޢުލާން ކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިއުލާން ކޮށްފައި ވަނީ މުޅި އަތޮޅުގެ ސިއްހީ މަރުކަޒުތަކާއި، ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުންނާއި، ނަރުހުން ހޯދުމަށެވެ. އެގޮތުން 82 ނަރުހުންނާއި، 30 މެޑިކަލް އޮފިސަރުންނާއި 23 ޑޮކްޓަރުން ހޯދުމަށް އިއުލާން ކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 23 ޑޮކްޓަރުންނަކީ 12 ދާއިރާއަކަށް ހާއްސަ ކޮށްފައިވާ ޑޮކްޓަރުންނެވެ. އެއީ ހޭނައްތާ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، އެތެރެހަށީގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން، ކަށީގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، ކަރުންމަތީގެ ޑޮކްޓަރުން، ލޮލުގެ ޑޮކްޓަރުން، ސައިކޭޓްރިސްޓުން އަދި ރޭޑިއޮލޮޖިސްޓުންނެވެ.

ނަރުހުންގެ ގޮތުގައި ކްލިނިކަލް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، އަދި ރެޖިސްޓަރޑް ނަރސް ގެ މަގާމަށް ވަނީ ހުޅުވާލާފައެވެ. މެޑިކަލް އޮފިސަރުންނަށް ހުޅުވާފައި ވަނީ ސީނިއަރ މެޑިކަލް އޮފިސަރ، އަދި މެޑިކަލް އޮފިސަރު ކަމަށެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ