މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މުޙައްމަދު ޒިޔާދު

ރ. ފުޓްސަލް ޗެލެންޖު: ދުވާފަރާއި ރަސްމާދޫ މުބާރާތް ފެށީ މޮޅަކުން

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ ރ. އަތޮޅު ފުޓްސަލް ޗެލެންޖު މިއަދު ފަށައިފިއެވެ.

އުނގޫފާރުގައި ފެށި މި މުބާރާތުގައި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ، ވާދޫ އާއި ރަސްމާދޫއެވެ. މި މެޗް ރަސްމާދޫން ކާމިޔާބުކުރީ 2 – 1 އިންނެވެ. 

މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމު ހޯދީ ރަސްމާދޫ ޓީމްގެ މުޙައްމަދު ސާއިދެވެ. 
ވާދޫއާއި ރަސްމާދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޒިޔާދު
މިއަދު ހަވީރުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ދުވާފަރާއި އަލިފުއްޓެވެ. މި މެޗް ފަސޭހަކަމާއިއެކު 4 – 0 އިން ކާމިޔާބުކުރީ ދުވާފަރުންނެވެ. 
ދުވާފަރާއި އަލިފުށި ބައްދަލުކުރި މެޗްގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޒިޔާދު
މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވީ މިރެއެވެ. ފެށުމުގެ ރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ ހުނަރުވެރި ތަފާތު ހަރަކާތެއް ވަނީ ހުށަހަޅައިދީފައެވެ. 
އިންނަމާދޫ އާއި މަޑުއްވަރީ ބައްދަލުކުރި މެޗްގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޒިޔާދު
ފެށުމުގެ ރަސްމިއްޔާތަށްފަހު މިރޭ ކުޅުނު މެޗްގައި ބައްދަލުކުރީ އިންނަމާދޫ އާއި މަޑުއްވަރިއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެ މެޗްގެ މޭން އޮފްދަ މެޗަކީ މަޑުއްވަރީ ޓީމްގެ މުޙައްމަދު އިރުޝާމެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ