މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ:އެމްޖޭއެސް

އެމްޖޭއެސް ރާބަދި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ހާއްސަކޮށްގެން ރ. މީދޫ ޖަމިއްޔަތުއް ސަލާހުން ކުރިޔަށް ގެންދާ ރާބަދި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ރ. އަތޮޅު ރިސޯޓުތަކަށް ހުޅުވާލައިފިއެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ. އަދި މުބާރާތް ފަށަން ހަމަޖެހިފައިވަނީ 7 މެއި ގައި ކަމަށް ވެސް ވަނީ ބުނެފައެވެ. 

މި މުބާރާތަކީ މިހާތަނަށް ރ. އަތޮޅުގައި ބާއްވާ އިންޓަރ ރިސޯޓު އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. 2019 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންއަކީ ޖޯލިބީންއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 12 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. 

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީން ހޯދީ، ޔޫއެންމީއާއި ވާދަކޮށް 6 - 0 އިންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ