މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީއެސްއެމް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ފަރުވާ ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ނުވަތަ ކާޑިއޮލޮޖީގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ މިފަދަ ސަބް ސްޕެޝަލިސްޓް ޚިދުމަތެއް އެހޮސްޕިޓަލުގައި ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފެށުމަށްޓަކާ ކާޑިއޮލޮޖިސްޓް އެހޮސްޕިޓަލުގެ ޚިދުމަތާއި ގުޅިވަޑައިގަތީ މިދިޔަ ހަފްތާ ތެރޭގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލަށް މީ ތާރީޚީ ދުވަހެއްކަމަށެއެވެ. އެގޮތުން މިފަދަ ޚިދުމަތެއް ފެށިގެން ދިޔުމަކީ އެ ހޮސްޕިޓަލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ކަމަށާއި އަލަށް މި ފެށުނު ޚިދުމަތާއެކީ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، އިތުރު އައު ޚިދުމަތްތައްވެސް އެ ހޮސްޕިޓަލުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އިކޯކާޑިއޯގްރާމްގެ ޚިދުމަތާއި، އެމް.އާރު.އައި ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޓްރޯމާ ސާރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ