މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެކުވެރި ކުލަބް

އިތާ 2023 ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖޯލިބީން އިން ހޯދައިފި

ރ. މީދޫ އެކުވެރި ކުލަބުގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ އިތާ 2023 އިންޓަރރިސޯޓް ވޮލީބޮޅަ މުބާރާތުގެ ޗެމްޕިއަންކަން ޖޯލިބީން ބޮޑުފުށި ރިސޯޓުން ހޯދައިފިއެވެ.

މިރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގައި ޖޯލިބީން ވާދަކޮށްފައިވަނީ ކުޑަފުށި ރިސޯޓާއެވެ. މި މެޗްގެ ފުރަތަމަ ސެޓް 25 - 22 އިން ކާމިޔާބުކުރީ ކުޑަފުށިންނެވެ. ނަމަވެސް، ދެން ކުޅުނު ސެޓް 25 - 14 އިން ކާމިޔާބު ކުރީ ޖޯލިބީން އިންނެވެ. އަދި ދެން ކުޅުނު ސެޓް 25 - 17 އިން ޖޯލިބީން ކާމިޔާބު ކުރިއިރު، ހަތަރުވަނަ ސެޓް ވެސް ކާމިޔާބު ކުރީ ޖޯލިބީން އިންނެވެ. އެ ސެޓް އެ ރިސޯޓުން ކާމިޔާބު ކުރީ 25- 9 އިންނެވެ. 

ޖުމްލަ ހަ ޓީމެއް މި ފަހަރުގެ އިތާ 2023، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޖޯލި ބީން، ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ މޯލްޑިވްސް، ދަ ސްޓެންޑާޑް، ކުޑަފުށި ރިސޯޓް އަދި ހެރިޓެންސް އާރަށް އެވެ.

މިއީ މީދޫ އެކުވެރި ކުލަބުގެ ފަރާތުން މިއަހަރު މުޅީން އަލަށް ފެށި މުބާރާތެކެވެ. މި މުބާރާތަށް އެ ކުލަބުން ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ. އަދި މުޅި ރަށް ވެސް އޮތީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ