މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މުބާރާތުގައި ބައިވެރިއަކު ކިޔަވަނީ

ރ. އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް ފެށިގެން ކުރިއަށް

ރ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ އަތޮޅު ޤުރްއާން މުބާރާތް 2023 ގެ ކިޔެވުން ފަށައިފިއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ދަނީ އުނގޫފާރުގައި ހުންނަ އިސްލާމިކް ސެންޓަރުގެ ޖަލްސާކުރާ މާލަމުގައެވެ. 

މި މުބާރާތުގައި ފުރަތަމަ ކިޔެވުން ގެންގޮސްފައިވަނީ އަލިފުށީ ސްކޫލް ދަރިވަރުންގެއެވެ. 

އަތޮޅު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިފަހަރުގެ މުބާރާތުގައި އަތޮޅުގެ 15 ރަށުން ޖުމްލަ 190 ދަރިވަރުން ވާދަކުރެއެވެ.

އެހެން އަހަރުތަކުގައި ހަމައެކަނި ރ. އަތޮޅުގެ ސްކޫލް ތަކަށް މި މުބާރާތް އަމާޒު ކުރެވުނު ނަމަވެސް މިފަހަރު މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. 

އެގޮތުން ޖުމްލަ 5 ރަށެއްގެ މުއައްސަސާތަކުން މި މުބާރާތުގައި ވާދަ ކުރާއިރު މުބާރާތް ކުރިއަށްދާނީ މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އަތޮޅު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ ރ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ދެވިފައިވާ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރްއާން ކިޔަވަން ބާރު އެޅުވުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ވާދަވެރި މާހައުލެއްގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ. 

މީގެ އިތުރުން ޤައުމީ ޤުރްއާން މުބާރާތާއި ރާއްޖޭގެ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ރ. އަތޮޅު ތަމްސީލްކުރާނެ ފަރާތްތަކެއް ވާދަވެރި މާހައުލެއްގެ ތެރެއިން އުފެއްދުން ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ