މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ވީޑިއޯ ސްކްރީންޝޮޓް

​ރ. އަތޮޅު ކައުންސިލް އިދާރާ ގޯތިތެރެއަށް ސިހުރު ހަދަނިކޮށް ފަޅާއަރައިފި

ރ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރެއަށް ސިހުރުހަދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

މިހާރު ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި ރޭގެ ވަގުތެއްގައި މުސްކުޅި އުމުރުގެ ދެ ފިރިހެނުން ވަނީ އެ އިދާރާގެ ވަށާފާރު ކައިރީ ތިބެ ފާރުމަތިން ސިހުރުކަމަށް ބެލެވޭ އެއްޗެއް ގޯތިތެރެއަށް އަޅާފައެވެ.

މިކަމާ ގުޅޭގޮތުން ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް ވިދާޅުވީ، އެ މައްސަލަ އަތޮޅު ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއީ ރޭގެ ވަގުތެއްގައި ހިނގާފައިވާކަމެއްކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް ޙުސައިން ނާސިފް ވިދާޅުވިއެވެ.

އެ މައްސަލާގައި ޝައްކުކުރެވޭ ދެ މީހުންކަމަށްބުނެ މީސްމީޑިއާގައި މިހާރު ދަނީ ބައެއްގެ ފޮޓޯ ދައުރުކުރަމުންނެވެ. އޭގައި ބުނާގޮތުން އެކަން ކޮށްފައިވަނީ އުނގޫފާރަށް ނިސްބަތްވާ ދެ މީހުނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ