މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރ. އަތޮޅު ކައުންސިލްގެ އިދާރާ

މޯލްޑިވްސް އެކްސްޕޯގެ ދައުވަތު ފަތްކޮޅުގެ "ބިލެތާ ދިޔުން" ރ. އަތޮޅުގައި ފަށައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު / މޯލްޑިވްސް އެކްސްޕޯ 2025 ގައި ބައިވެރިވުމަށް ރަށްރަށަށް ދައުވަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ބިލެތާ ދިޔުމުގެ ހަރަކާތް ރ. އަތޮޅުގައި ފަށައިފިއެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ރ. އަތޮޅު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިޔަ ބިލެތާ ދިޔުމުގެ ހާއްސަ ހަރަކާތަކުންނެވެ. އެގޮތުން ސަގާފީގޮތަށް ބިލެތް ދިޔުމަށް އިހުގައި ބޭނުންކުރާ ހެދުމުގައި ބޮޑުބެރާ އެކު މިއަދު ވަނީ ރ. އަތޮޅު ކައުންސިލްގެ ޓީމެއް އަލިފުއްޓަށް ޒިޔާރަތް ކޮށްފައެވެ. 

އަދި އެ ރަށު ބަނދަރުމަތިން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވަނީ ދައުވަތު ފަތްކޮޅު އެ ރަށު ކައުންސިލްގެ ރައީސަށް އަރުވާފައެވެ. 

ބީސީސީގެ އެދުމަކަށް ކުރިއަށް ގެންދާ މި ހަރަކާތް ރ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައިކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އަލިފުށިން ފެށިގެން ކޮންމެ ރަށަކަށް ރަށްރަށު ކައުންސިލްތަކުން އެ ފަތްކޮޅު ހިފައިގެން ޒިޔާރަތް ކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ