އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރު އާސައިންދައިން ހެލްތް ޗެކަޕް ހެދޭނެ
މި ސަރުކާރުގެ ވައުދާއި އެއްގޮތަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވެސް އާސަންދަ މެދުވެރިކޮށް ހެލްތް ޗެކަޕް ހެދޭނެގޮތް ހަމަޖައްސައިފިއެވެ.
ސަރުކާރުން ވަނީ އާންމު ހުރިހާ ފަރާތަކަށް ވެސް އަހަރަކު އެއްފަހަރު ހިލޭ އާސަންދައިން ހެލްތް ޗެކަޕް ހެދޭނެގޮތް ހަމަޖެއްސުމަށް ނިންމާފައެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުންވަނީ މަރުހަލާތަކަކަށް ބަހާލައިގެން އެކަން ފުރިހަމަ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެގޮތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، އުމުރުން 50 އަހަރުން މަތީގެ ފަރާތްތަކަށް އާސަންދައިން ހެލްތް ޗެކަޕް ހެދުމުގެ ހިދުމަތް މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ލިބޭނެކަމަށެވެ.
މި ހިދުމަތް ކޮންމެ ހޮނިހިރު ދުވަހެއް ދިޔަވާ އެނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 21:00 އަށް ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.