މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވާދޫލައިވް

ރ. އަތޮޅުގެ 3 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އިއުލާނުކޮށްފި

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހަމަޖައްސާ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަށް ރ. އަތޮޅުގެ 3 ރަށަކަށް މީހުން ހޯދުމަށް ސިވިލްސަރވިސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މޭ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މަގާމަށް އެދި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ފަސް އަހަރަށް އައްޔަނުކުރާ އެ މަގާމުގައި ދެ ރޭންކެއް ހިމެނެއެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 18،135 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 13،250 ރުފިޔާއެވެ. މީގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ލިބޭނެއެވެ.

އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ރ. ވާދޫ، ރ. އިންނަމާދޫ އަދި ރ. ރަސްމާދޫއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ