މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެސްޓީއޯ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

މި ހިދުމަތް އެ ހޮސްޕިޓަލްގައި ފެށުމަށްޓަކައި މީގެ ދުވަސްކޮޅެއްކުރިން ވަނީ އެމްއާރްއައި ހަދާ މެޝިން އެ ރަށަށް ގެންގޮސްފައެވެ. 

އަދި މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް އެސްޓީއޯ މެޑިކަލް ސަރވިސްއާއި ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. 

އެސްޓީއޯއިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ ބަޔޯމެޑިކަލް އިންޖިނިއަރުން ދަނީ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. 

އަދި މާ ލަސްތަކެއްނުވެ އެމްއާރްއައިގެ ހިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މި ސަރަހައްދުގެ ގިނަ ރަށްތަކުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އަންނަ ހޮސްޕިޓަލެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ