މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ދުވާފަރު

ދުވާފަރުގެ ނެރު ފުންކުރުމުގެ މަސައްކަތް ފަށަނީ

ތިލަވެގެން އުޅޭ ރ. ދުވާފަރުގެ ނެރު ފުންކުރުމުގެ މަސައްކަތް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން އެ ރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

އެ މައްސަލަ ހައްލުކުރަން އެ ރަށުގެ ކައުންސިލުން މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

އޭގެ ފަހުން އެ މައްސަލަ މީޑިޔާއަށް ފެންމަތިވެފައި ވަނިކޮށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ އެ ޝަކުވާތަކަށް ހައްލެއް ހޯދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ލަފާފުރުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ލޯކަލް ގަވާމަންޓް މިނިސްޓްރީން އެމްޓީސީސީއާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވަނީ ދެއްވައިފައި." މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ