މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޒިޔާދު

ރ. އަތޮޅު ފުޓްސަލް މުބާރާތާއި ޤުރްއާން މުބާރާތް ހޮސްޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

ރ. އަތޮޅު ކައުންސިލްގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއް ހޮސްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ރ. އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތްތައް ހޮސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރ. އަތޮޅު ރަށު ކައުންސިލްތަކަށާއި ރ. އަތޮޅުގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކަށް ކަމަށެވެ. 

އަތޮޅު ކައުންސިލުން ބުނީ، ފުޓްސަލް މުބާރާތް ހޮސްޓްކުރަން ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2024 ގެ މެންދުރު 1:00 ގެކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށާއި އަދި 3 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށެވެ. 

އޭގެ އިތުރުން ޤުރްއާން މުބާރާތް ހޮސްޓްކުރަން ބޭނުންވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2024 ގެ މެންދުރު 1:00 ގެކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށާއި އަދި 10 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ. 

ފާއިތުވި އަހަރު އަތޮޅު ފުޓްސަލް މުބާރާތް ބާއްވާފައިވަނީ ރ. އިންނަމާދޫގައެވެ. އަދި ޤުރްއާން މުބާރާތް ބާއްވާފައިވަނީ ރ. އުނގޫފާރުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ