މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރ. އިންނަމާދޫ ފުޓްސަލް ދަނޑު

​ރ. އަތޮޅު ފުޓްސަލް މުބާރާތް މި އަހަރު ވެސް އޮންނާނީ އިންނަމާދޫގައި

ރ. އަތޮޅު ފުޓްސަލް މުބާރާތް މި އަހަރު ވެސް ރ. އިންނަމާދޫގައި ބާއްވަން އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 4 ފަރާތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.

އެއީ، ފާއިތުވި އަހަރުގެ ވެސް ހޯސްޓް އިންނަމާދޫ ކައުންސިލް ގެ އިތުރުން ރަސްމާދޫ ކައުންސިލް، އިނގުރައިދޫ ކައުންސިލް އަދި މީދޫ ޖަމިއްޔަތުއް ސަލާހެވެ.

އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު މި މުބާރާތް އެ ރަށުގައި އިންތިޒާމް ކޮށްފައިވަނީ ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ތައްޔާރީތަކެއް ވެގެނެވެ.

ފުޓްސަލް މުބާރާތުގެ އިތުރުން އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް މީދޫ ކައުންސިލް، މަޑުއްވަރީ ކައުންސިލް އަދި އުނގޫފާރު އުފާ ޖަމިއްޔާއިން ޕްރޮޕޯސަލް ހުށަހެޅުއްވި އިރު އަތޮޅު ކައުންސިލުން ނިންމީ ޤުރުއާން މުބާރާތް ބާއްވަން މީދޫ ކައުންސިލާއި ހަވާލުކުރާށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ