މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ކިނޮޅަސް ވޮލީ ޓީމް

އަތޮޅު މުބާރާތްތަކުން ލިބުނު ކާމިޔާބާއިއެކު ކިނޮޅަހަށް ބޮޑު އުފަލެއް

ރ. އަތޮޅުގެ ނިސްބަތުން އާބާދީ މަދު ރަށެއްކަމަށްވާ ކިނޮޅަހަކީ އެކިކަހަލަ ކުޅިވަރުތަކުގައި ނަން ހިނގާ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ތިބި ރަށެކެވެ.

ހާއްސަ ގޮތެއްގައި ކިނޮޅަހަކީ ވޮލީ ބޯޅައިގައި މަޝްހޫރު ރަށެކެވެ. 

ރ. އަތޮޅުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އަތޮޅު ކައުންސިލުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރު މުބާރާތްތަކަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެންމެ ވާދަވެރި އެންމެ ފޯރިގަދަކޮށް ކުރިއަށްދާ މުބާރާތްތަކެވެ. 

އެގޮތުން މި މަހު އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ވޮލީ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގެ ފަހުރުވެރި ޗެމްޕިއަންކަން ހޯދާފައިވަނީ ކިނޮޅަހުންނެވެ. 
ކައުންސިލުން ރައްޔިތުންނަށް ދިން ޖާފަތުގެ ތެރެއިން --
މޮޅަށްކުޅެ ހޯދި މި ކާމިޔާބީތަކާއެކު އެ ރަށުގެ ރައްޔިތުންނަށްވަނީ ހާއްސަ އުފަލެއް ލިބިފައެވެ. ޓީމްތަކުގެ ފަރިތަކުރުންތައް ފެށިގެން ކުރިއަށްދިޔަ ހިސާބުން ވެސް ރަށުގެ ރައްޔިތުންގެ ފަރާތުންވަނީ ޓީމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަންދީ ހިތްވަރު ދީފައެވެ. 

ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން "ފައިނު އޮންލައިން" އަށް ވިދާޅުވީ، އެ ރަށުގައި ހޭންޑްބޯލް ކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ތިބުމުން މުބާރާތަށް ނުކުތްއިރު ވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އުންމީދު ވަރަށްބޮޑަށް އޮތްކަމަށެވެ. 

އަދި ހާއްސަކޮށް ވޮލީ ޓީމް ބައިވެރިވިއިރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެކަމަށް އޭނާ އަބަދުވެސް އުންމީދު ކުރައްވަމުން ގެންދެވިކަމަށް ވިދާޅުވިއެވެ. 
ރަށުގެ ގިނަ ބަޔަކު ޓީމަށް ސަޕޯޓްކުރަނީ - ފޮޓޯ: ކިނޮޅަސް ވޮލީ ޓީމް
އަޙްމަދު ޙުސައިން ވިދާޅުވީ، ޓީމުން ހޯދި ކާމިޔާބީގެ ސިއްރަކީ ﷲ ގެ ރަޙުމަތާއިއެކު ކުޅުންތެރިންނާއި މުޅި ޓީމުން އަދި ރަށުގެ ރައްޔިތުން ދެއްކި އެކުވެރިކަމާއި ދިން ހިތްވަރު ކަމަށެވެ. އަދި އޭގެ ތެރޭގައި އަތޮޅުގެ އެހެން ރަށްތަކުން ދިން ސަޕޯޓްވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށް އޭނާ ވިދާޅުވިއެވެ. 

އަޙްމަދު ޙުސައިން ވިދާޅުވީ، މިއީ އޭނާގެ ހަޔާތުގައި ރަށު ފެންވަރުގައި މިފަދަ ކުޅިވަރު މުބާރާތަކުން ލިބުނު އެންމެ އުފާވެރި ކާމިޔާބީ ކަމަށާއި ރަށުގެ ރައްޔިތުން ވެސް ތިބީ ވަރަށް އުފަލުންކަމަށެވެ. އެހެންކަމުން އޭނާ ވަނީ މިކަމުގައި އެހީތެރިކަން ދިން އަތޮޅު ކައުންސިލާއި މީދޫ އެކުވެރިކުލަބު އަދި އެ ޓީމްގެ ސްޕޮންސަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. 

ޓީމުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް އަމިއްލަ އެކި ފަރުދުން ވެސް ކެއުންތައް ދެމުންދާއިރު، ރޭ ވަނީ ކައުންސިލްގެ ފަރާތުން ދެ ޓީމަށާއި ރަށުގެ ހުރިހާ ރައްޔިތުންނަށް ބޮޑު ޖާފަތެއް ދީފައެވެ. އަދި މިއަދާއި މާދަމާ ވޮލީ ޓީމާއި ހޭންޑްބޯޅަ ޓީމަށް ރިސޯޓަކުން މެންދުރުގެ ފަރީއްކޮޅަކާއި ސައެއް ދިނުމަށް ވަނީ ހަމަހިފައިކަމަށް ކައުންސިލުން ބުނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ