ރ. އަތޮޅު ކައުންސިލްގައި ގިނަ ވަޒީފާގެ ފުރުސަތުތަކެއް
ރ. އަތޮޅު ކައުންސިލްގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެ އިދާރާއިން ވަކިވަކިން މިހާރު ކޮށްފައިވާ އިއުލާންތަކުގައި ބުނެފައިވާގޮތުން، އެ އިދާރާއަށް ލީގަލް އޮފިސަރަކާއި ސީނިއަރ ފައިނޭންސް އޮފިސަރއަކާއި އެކައުންޓްސް އޮފިސަރެއް އަދި ހިއުމަން ރިސޯސް އޮފިސަރެއް ހޯދަން ބޭނުންވެއެވެ.
މި މަގާމުތަކުގެ ތެރެއިން ބައެއް މަގާމުތަކަކީ މީގެ ކުރިން ވެސް އިއުލާނުކޮށްފައިވާ މަގާމުތަކެކެވެ.
އެ އިދާރާއަށް ގިނަ މަގާމުތަކަކަށް މީހުން ހޯދަން އިއުލާނު ކޮށްފައިވާއިރު ޑިރެކްޓަރ ޖެނެރަލެއް ހޯދަންވެސް މި ފަހުން ވަނީ އިއުލާނުކޮށްފައެވެ.