މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މުޖުތަމަޢުގެ ތަފާތުކުރުންތަކާއި ދެކޮޅަށް ކުރާ މަސައްކަތަށް ޔޫޓިއުބުން 1 މިލިއަން ޑޮލަރ

މުޖުތަމަޢުގެ ތަފާތު ކުރުންތަކާއި ދެކޮޅަށް ކުރާ މަސައްކަތަށް ޔޫޓިއުބުން 1 މިލިއަން ޑޮލަރ ދޭން ނިންމައިފިއެވެ. 

މަޝްހޫރު ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ޔޫޓިއުބުން ބުނެފައިވަނީ، ނަސްލީ ތަފާތު ކުރުންތަކާއި އަނިޔާވެރިކަމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދޭ ކަމަށެވެ. އަދި މުޖުތަމަޢުގެ އެކަކަށް އަނިޔާއެއް ލިބުމުން އެކަމުގެ ވޭން މުޅި މުޖުތަމަޢަށް ފޯރާ ކަމަށެވެ. އެހެންކަމުން މުޖުތަމަޢުގެ ތަފާތުކުރުންތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް 1 މިލިއަން ޑޮލަރ ހަދިޔާ ކުރަން ޔޫޓިއުބުން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ޔޫޓިއުބްގެ ލޯގޯވެސް މިހާރުވަނީ ކަޅުކުލައަށް ބަދަލުކޮށްފައެވެ. 
ކަޅުނަސްލުގެ މީހާ ހައްޔަރު ކުރުމުގެ ތެރެއިން އޭނާގެ ބޮލަށް ފުލުހަކު އަރާފައި - ފޮޓޯ: އިންޓަނެޓް
މިމައްސަލަ ހޫނުވެފައިވަނީ، އަތުގައި އެއްވެސް ހަތިޔާރެއް ނެތް އެމެރިކާގެ ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުުހުންތަކެއް އޭނާ މަރާލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ދޮން ނަސްލުގެ ފުލުސް މީހާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ މިހާރުވަނީ ކޮށްފައެވެ. 

މިމައްސަލައިގައި އެމެރިކާގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ