މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނަށް ގެނައި ޖަނަރޭޓަރ

ފައިނު އަދި ރަސްގެތީމް ފެނަކަ ބްރާންޗަށް 250 ކިލޯވޯޓުގެ އައު ޖަނަރޭޓަރު ގެނެސްފި

ރ. ފައިނު އަދި ރ. ރަސްގެތީމު ފެނަކަ ބްރާންޗަށް 250 ކިލޯވޯޓުގެ އައު ޖަނަރޭޓަރު ގެނެސްފިއެވެ.

ފައިނަށް މިއަދު ގެނެވުނު ޖަނަރޭޓަރަކީ، ފައިނުގައި އަލަށް ޢިމާރާތް ކުރި އައު އިންޖީނުގެއަށް ބަދަލުކޮށް ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޖަނަރޭޓަރެކެވެ. އަދި މި އިންޖީނުގެ ސަބަބުން ކުރިމަގުގައި ކަރަންޓް ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަށް ޙައްލެއް ލިބިގެން ދާނެއެވެ. މިއީ، ފައިނަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު ޖަނަރޭޓަރެވެ.  
ރަސްގެތީމަށް މިއަދު ގެންދިޔަ ޖަނަރޭޓަރ - ފޮޓޯ: ރަސްގެތީމް ފެނަކަ ބްރާންޗް
ރ. ރަސްގެތީމަށްވެސް ގެނެސްފައިވާ ޖަނަރޭޓަރަކީވެސް އެރަށުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވުނު ޖަނަރޭޓަރެކެވެ. އަދި މި އިންޖީނުގެ ސަބަބުން، މިހާރު ޚިދުމަތް ދިނުމަށް ދިމާވާ ދަތިތައް ޙައްލުވެގެން ދާނެ ކަމަށާއި، އަދި ކުރިޔަށް އޮތް ރަމަޟާން މަސް ފަދަ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާ ދުވަސްތަކުގައިވެސް، ކަރަންޓް ދިނުމުގައި ދަތިތަކެއް ދިމާ ނުވާނެކަމަށް ރަސްގެތީމް ފެނަކަ ބްރާންޗުން މަޢުލޫމާތު ދީފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ