މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

މުއައްސަސާތަކަކީ ރައްޔިތުންނަށް ތަކުލީފަކަށް ވެގެން ނުވާނެ - ޙަސަން އަޙުމަދު

މުއައްސަސާތަކަކީ ދިވެހި ރައްޔިތުންނަށް ތަކުލީފަކަށް ވެގެން ނުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙުމަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަޖިލީހުގައި އެމަނިކުފާނު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން، އެ މިނިސްޓްރީއަށް އާންމު ރައްޔިތުން ލާ ފޯމަށް ޖަވާބެއް ލިބޭލެއް ލަސްކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ، މިއަދު ލާ ފޯމަށް ޖެހިގެން އަންނަ ދުވަހުގެ މެންދުރެއްހާއިރު ޖަވާބެއް ދެވެން ވާނެކަމަށެވެ. އޭރުން، އެ ލިޔުމެއް ލިބިއްޖެކަން ރައްޔިތު މީހާއަށް އެނގޭނެ ކަމަށާއި، ދެން ދާންވީ ކޮން ދިމާއަކަށްކަން ރައްޔިތު މީހާއަށް އޭރުން އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

އެޗް.ޑީ.ސީ އިން ލިޔުމެއް ދިނީމަ، ޓްރާންސްޕޯޓް މިނިސްޓްރީއަށް، ޓްރާންސްޕޯޓް މިނިސްޓްރީން ލިޔުމެއް ދިނީމަ ސިޓީ ކައުންސިލަށް، ސިޓީ ކައުންސިލުން ސިޓީއެއް ދިނީމަ، އަނެއްތާކަށް! މިގޮތަށް، ރައްޔިތު މީހާ 2 އަހަރު ވަންދެން ކާރެއް ރަޖިސްޓްރީ ކުރަން އެބަ އުޅެންޖެހޭ

މެންބަރު ޙަސަން ވިދާޅުވިއެވެ. 

ސައިކަލެއް، ޕިކަޕެއް ނުވަތަ ދޯންޏެއް ރަޖިސްޓްރީ ކުރަން ލިޔަސް އެހާ މުއްދަތު އެބަ ނަގާ ކަމަށާއި މުއައްސަސާތަކުގައި ތިބޭ ފަރާތްތަކުން، ފަސޭހަ ކަމާއި އަވަސް މިނުގައި ރައްޔިތުންނަށް ޖަވާބު ދާރީވާން ޖެހޭކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް މެންބަރު ޙަސަންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އެއް ގަރާޖަކަށް ގިނަ ޢަދަދެއްގެ އުޅަނދު ރަޖިސްޓްރީ ކޮށްދީފައި ހުންނަކަން ފާހަގަ ކުރައްވާ، މިއަދުވެސް އެކަން ހިނގަނީ ހަމަ އެގޮތަށް ކަމަށްވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މުނާޒު 3 years ago

ކައުންސިލް ތަކުންވެސް ކަންކަން ހިނގަނީ ހަމަ ތި އުސޫލުން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ