މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަލިފުށި ދާއިރާގެ ރައީސްކަމަށް މެންބަރު ޙަސަން ވާދަ ކުރައްވަނީ

2021 މެއި 29 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި އަލިފުށި ދާއިރާގެ ރައީސްގެ މަޤާމަށް ވާދަ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙުމަދު ނިންމަވައިދިއެވެ.

މެންބަރު ޙަސަން އަޙުމަދު މިކަން އިޢުލާން ކުރައްވާ ފޭސްބޫކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ،  އަލިފުށި ދާއިރާއަކީ ދިވެހިރާއްޖޭގެ އިޞްލާހީ މަސައްކަތުގެ ނާރެސް ކަމަށާއި، އެމްޑީޕީގެ ފެށުމާއި، އެ ޕާޓީގެ ހަރަކާތްތަކާއި، އެ ޕާޓީއަށް ލިބުނު ކާމިޔާބަކާއި އުފަލަކާއި، އަދި ދެރައަކާއި ހިތްދަތިކަމެއްގެ އެންމެ ފުނަށް ތަހައްމަލްކުރި ދާއިރާއަކީ އަލިފުށި ދާއިރާ ކަމަށާއި އެއީ ޖޯޝާއި ފޯރީގައި ދެގޮތެއްނުވެ މިމަސައްކަތުގައި ދެމިތިބި ދާއިރާއެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަލިފުށި، ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ އެމް.ޑީ.ޕީގެ މަސައްކަތްތައް ބާރު މިނުގައި ކުރިއަރުވައި، މެމްބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި، އޭގެ ހައްލަށް ގަދައަޅައި މަސައްކަތްކޮށް، އެއްވެސް މީހަކު ބާކީނުކޮށް އަލިފުށި ދާއިރާގެ އެމް.ޑީ.ޕީ ހަރަކާތް މުޅި އުތުރަށް ފަވާލުމަށްޓަކައި ޢަޒުމް ކަނޑައަޅައިގެން އަޅުގަނޑު އަލިފުށި ދާއިރާގެ ރައީސްކަމަށް ކުރިމަތިލާ ވާހަކަ ދަންނަވަމެވެ. އެންމެ ބޭފުޅުންގެ ތާއީދާއި މަދަދަށް ވަރަށް އެދެމެވެ. - ޙަސަން އަޙުމަދު

މެމްބަރު ޙަސަން އަޙުމަދު އަލިފުށި ދާއިރާގެ އެމް.ޑީ.ޕީގެ ރައީސްގެ މަޤާމަށް ވާދަ ކުރައްވަން ނިންމެވިއިރު، އެމަނިކުފާނަކީ، މިހާރު އިނގުރައިދޫ ދާއިރާގެ ރައީސެވެ. އަލިފުށި ދާއިރާގެ ރައީސަކަށް މިހާރު ހުންނެވީ މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރިޗަރޑް 3 years ago

މުޅި އޮޑީގައި ހަސަނުގެ ދެފަޔަށެއްނު ދެންވާނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ