މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޕީއެސްއެމް ނިއުސް

އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް - ގިނަބަޔަކަށް ބޮޑު ލުޔެއް!

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް މިހާރު ވަނީ ފަށާފައެވެ. 

މިޚިދުމަތަކީ ކައުންސިލުން ބައެއް ކުންފުނިތަކުގެ އެހީތެރިކަމާއިއެކު ރައްޔިތުންނާއި ހެލްތް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ޤާއިމް ކުރި ޚިދުމަތެކެވެ. މިޚިދުމަތް ދިނުމަށް މިނިސްޓްރީން ދެއްވި ޑިޒައިނާއި އެއްގޮތަށް އެކަމަށް ޚާއްޞަ ޢިމާރާތެއް އެރަށު ޞިއްޙީ މަރުކަޒުގައި ވަނީ ޢިމާރާތް ކޮށްފައެވެ. މިޚިދުމަތް ފެށުމުގެ ގޮތުން ހެލްތް މިނިސްޓްރީންވަނީ ލެބް ޓެކްނީޝަނަކާއި ލެބަށް ބޭނުންވާ މެޝިނަރީތައް އިންނަމާދޫ ޞިއްޙީ މަރުކަޒަށް ފޯރުކޮށްދެއްވާފައެވެ. 

މި ލެބޯޓްރީން ކޮމްޕްލީޓް ބްލަޑް ކައުންޓް ޓެސްޓާއި، ބަޔޯ-ކެމިސްޓްރީ އެނަލައިޒަރގެ ޚިދުމަތާއި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބްލަޑް ޓްރާންސްފިއުޝަން ހެދުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ތެލަސީމިއާއަށް ފަރުވާކުރާ ބައެއް ކުދިންވެސް އުޅޭ މިރަށުގައި މިފަދަ ޚިދުމަތެއް ފެށުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމުގައި އެރަށުގެ އާންމުން ބުނެއެވެ. މީގެ އިތުރުން، މިޚިދުމަތް ފެށުން ވެގެންދާނީ ރ. އަތޮޅުގެ ދެކުނުގެ ރަށްތަކުގެ ރައްޔިތުންނަށްވެސް އެތައް ފަސޭހައެއް ލިބިގެންދާނެ ޚިދުމަތަކަށެވެ. 

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަމީދު 4 years ago

ގަދަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ