ފައިނު ފެނަކަ ބްރާންޗަށް އެކައުންޓްސް އޮފިސަރެއް ހޯދަނީ
ފެނަކަ ކޯޕަރޭޝަން ފައިނު ބްރާންޗަށް އެކައުންޓްސް އޮފިސަރެއް ހޯދަން އިޢުލާން ކޮށްފިއެވެ.
އެ ބްރާންޗުން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި މަޤާމުގެ މުސާރައިގެ ގޮތުގައި ލިބެނީ 3000 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 30 އިންސައްތަ، ޙާޟިރީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 20 އިންސައްތަ އަދި އިތުރު ގަޑީގެ ގޮތުގައި މުސާރައިގެ 50 އިންސައްތަ ލިބޭނެ ކަމަށް އިޢުލާނުގައިވެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ފެނަކަ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރ.ފައިނު ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 12:00 އަށް ލިބެންހުންނާނެ ކަމަށާއި، 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ލިޔުންތައް އީމެއިލް ކުރުމަށް އިޢުލާނުގައި ބުނެފައިވެއެވެ.