މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަރނެޓް

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެއެވެ. މިމީހަކީ އުމުރުން 20 އަހަރުގެ މީހެއްކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވާއިވެއެވެ. މިމީހާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ފުނަދޫގައި ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ. 

މިވަގުތު އޭނާގެ ހާލު ސީރިއަސް ނޫންކަމަށާއި ނަމަވެސް، މިވައިރަސްއަށް ޝައްކު ކުރެވޭ މިންގަނޑުތަކަށް ފެތޭތީ އެކަން އިތުރަށް ދިރާސާ ކުރަމުން ދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިމީހާ ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި ޗައިނާއިންނެވެ. އެމީހާ ރާއްޖެ އައިގޮތަށް ހުރީ ކޮޓަރީގައި ކަމަށާއި އިތުރު ބަޔަކާއި ކޮންޓެކްޓް ވެފައި ވާކަމަށް ނުބެލެވޭކަމަށާއި އެމީހާގެ އާއިލާއާއި ގުޅައިގެން މިމަޢުލޫމާތު ހިއްސާ ކުރެވިފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ. 

މިމަޢުލޫމާތު އާންމު ކުރައްވާފައިވަނީ ދާދި ދެންމެއަކު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ