މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރޭގެ މެޗުގެ ތެރެއިން - ފޮޓޯ: ޖަމްޢިއްޔަތުލް އިއްތިޙާދު

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިޙާދުގެ 21 ވަނަ ވޮލީ މުބާރާތް ފަށައިފި

ރ. ކިނޮޅަހުގައި އޮތް އެންމެ ގިނަ ދުވަސްވީ ޖަމްޢިއްޔާ ކަމަށްވާ ޖަމްޢިއްޔަތުލް އިއްތިހާދުގެ 21 ވަނަ ވޮލީ މުބާރާތް އިއްޔެ އެރަށުގައި ފަށައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މަޝްހޫރު ބައެއް ކުޅުންތެރިން ބައިވެރިވާ މި މުބާރާތަކީ އެރަށުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތެވެ. 

މި މުބާރާތް ފެށުމުގެ ގޮތުން ރޭ ބައްދަލު ކޮށްފައިވަނީ ބޭރިއަންސް އާއި ރަށްގުޑުވާއެވެ. މި މެޗުގެ 2 ސެޓު ކުޅެވުނުފަހުން މޫސުން ގޯސްވެ ވާރޭ ވެހެން ފެށުމުން ވަނީ މެޗު މެދުކަނޑާލަން ޖެހިފައެވެ. އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދިންގޮތުގައި، ކެންސަލް ކުރަން ޖެހުމުން ރޭގެ މެޗު ކުޅުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިއަދު ހަވީރެވެ. ނަމަވެސް، ހަވީރު ވެސް މޫސުން ރަނގަޅު ނުވާތީ ހަވީރު ވެސް މެޗު ވަނީ ކެންސަލް ކޮށްލާފައެވެ. 

ބޭރިއަންސް އާއި ރަށްގުޑުވާގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރަނީ ކޮކޯއެވެ. 

ކިނޮޅަހަކީ ވޮލީގެ ރަށެކެވެ. އެ ރަށަކީ ޤައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން ވެސް ތިބި ރަށެކެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެހީތެރިކަމާއެކު ކިނޮޅަސް ކައުންސިލާއި ގުޅިގެން އެރަށު ޒުވާނުންގެ މަސައްކަތުން ދާދިފަހުން އެރަށުގައި ވަނީ ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ޤާއިމް ކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ