މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޖިލިސް

ހޯމް ސްޓޭ ހަރާމޭ ބުނާ ގިނަ މީހުން މާދަމާ ތިބޭނީ އެ ވިޔަފާރި ފަށައިގެން: ވަހީދު

ހޯމް ސްޓޭ ހަރާމޭ ބުނާ ގިނަ މީހުން މާދަމާ ތިބޭނީ އެ ވިޔަފާރި ފަށައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ރަސްމީކޮށް ހޯމް ސްޓޭ ޓޫރިޒަމް ފަށާފައިވާއިރު ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ފާހަގަ ކޮށްލެވެއެވެ. 

މި ކަމުގެ ބަހުސް ހޫނުވެފައިވަނިކޮށް، މުޙައްމަދު ވަޙީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޓެކްސް ތައާރަފް ކުރީމާ އެކަން ހަރާމް ކަމަށް ބުނި ގިނަ މީހުން ފަހުން ތިބީ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ކަމަށެވެ.

އަދި ގެސްޓްހައުސް ފެށީމާ އެކަން ހަރާމޭ ބުނި ބައެއް މީހުން މިހާރު އެކަން އެބަކުރާ ކަމަށާއި މިއަދު ހޯމްސްޓޭ ހަރާމޭ ބުނާ ގިނަމީހުން މާދަމާ ތިބޭނީ އެ ވިޔަފާރި ފަށައިގެން ކަމަށްބެލެވޭ ކަމަށް މެންބަރުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ހޯމް ސްޓޭ ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. ދިއްގަރުގައި ރަސްމީކޮށް ފެށި ޓޫރިޒަމްގެ މި އާ ކޮންސެޕްޓް ފަށައި، އެންމެ ފުރަތަމަ ހޯމް ސްޓޭގެ ޓޫރިސްޓުންނަށް ވޯޓާ ސެލިއުޓާއި ސަގާފީ ހަރަކާތްތަކާ އެކު އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ