މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޖަމިއްޔަތުލް އިއްތިހާދު ފޭސްބޫކް

ޖަމިއްޔަތުލް އިއްތިހާދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދި އިންވިޒިބަލް ހޯދައިފި

ޖަމިއްޔަތުލް އިއްތިހާދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންލަން އެފްސީ ދި އިންވިޒިބަލް ހޯދައިފިއެވެ.

މިއަދު ކިނޮޅަހު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި ދެން ބައްދަލުކުރީ، އެފްސީ ކުރުމަގެވެ. 

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް އެފްސީ ދި އިންވިޒިބަލް އިން ކާމިޔާބު ކުރީ 2 - 0 އިންނެވެ. 

ފައިނަލް މެޗްގެ މޭން އޮފް ދި މެޗްގެ މަގާމު ހޯދީ އިންވިޒިބަލްގެ ޢަބްދުލް މުހައިމިން ޙަސަންއެވެ. މުބާރާތުގެ ޕްލޭޔަރ އިފް ދި ޓޯނަމެންޓަކަށް ވެސް ހޮވިފައިވަނީ ވެސް އޭނައެވެ. 

މުބާރާތުގެ ޕްރޮމިސިން ޕްލޭޔަރ އަކީ އިންވިޒިބަލްގެ ޙުސެއިން ވިޝާލްއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ހޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކުރުމަގު ޓީމްގެ އަޙްމަދު ސަމާޙުއެވެ. 

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ، އަޙްމަދު ސަމާޙް، މުޙައްމަދު މުންޒިރު، ޙުސައިން ރިމާޙް، ޙުސައިން ޝަބީލް އަދި ޢަބްދުލް މުހައިމިންއެވެ. 

މި މުބާރާތަކީ އެ ޖަމިއްޔާއިން މިހާރު ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލްގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދާ އެ ޖަމިއްޔާގެ 10 ވަނަ ފުޓްބޯޅަ މުބާރާތެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ