މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ބީއެމްއެލް

މަޑުއްވަރީއަށް ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް

ބީއެމްއެލްއިން ރ. މަޑުއްވަރީގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

މަޑުއްވަރީގައި މި ހިދުމަތް ތައާރަފްކުރުމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުން ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މަޑުއްވަރީގައި ހުޅުވި އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރުކުރެވިގެން ދިޔުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތުގެ ސަބަބުން، މަންފާކުރާނެ." ޓިމް ސޯޔާ ވިދާޅުވިއެވެ.

މަޑުއްވަރީއާއި އެކު ރ. އޮތޮޅުގެ ފަސް ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ހިދުމަތް ލިބެއެވެ. އޭގެ ތެރޭގައި އުނގޫފާރު، މީދޫ، އަލިފުށި، ދުވާފަރު އަދި މަޑުއްވަރީ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ