މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިޭޝަން

ގޯލްޑަން ފުޓްސަލް މުބާރާތް: އިނގުރައިދޫން މުބާރާތް ފެށީ މޮޅަކުން

މިހާރު ފެށިގެން ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ރ. އަތޮޅުގެ ގުރޫޕްގައި ފުރަތަމަ ކުޅުނު މެޗްގައި ރ. އިނގުރައިދޫއާއި ރ. މީދޫ މާލެ ޓީމް ބައްދަލުކުރި މެޗް އިނގުރައިދޫން ކާމިިޔާބު ކޮށްފިއެވެ،

އިއްޔެ ކުޅުނު މި މެޗް އިނގުރައިދޫން ކާމިޔާބުކުރީ 5 - 0 އިންނެވެ. މި މެޗްގައި އިނގުރައިދޫ ޓީމްގެ ގޯލްތައް ޖަހައިދިނީ ޢަލީ ހާފިޒް 2 ގޯލް، މުޙައްމަދު މަމްދޫހް 2 ގޯލް އަދި އަޙްމަދު އައިހަމް 1 ގޯލެވެ. 

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޢަލީ ހާފިޒެވެ. 

އިއްޔެ ވަނީ ރ. އަތޮޅު ގުރޫޕްގައި ހިމެނޭ، ރ. އަލިފުއްޓާއި ރ. މަޑުއްވަރީ ވެސް ބައްދަލުކޮށްފައެވެ. އެ މެޗް ނިމިގެންދިޔައީ 3 - 3 އިން އެއްވަރުވެގެނެވެ. މި މެޗްގައި އަލިފުށި ޓީމުގެ 3 ގޯލް ވެސް ޖަހައިދިނީ އެ ޓީމްގެ އަޙްމަދު ހުޝާމްއެވެ. މަޑުއްވަރީން ގޯލްތައް ޖެހީ ޙުސައިން އިރުފާން 2 ގޯލް، އަޙްމަދު މަހާސިން 1 ގޯލެވެ. 

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އަލިފުށީ ޓީމްގެ އަޙްމަދު ހުޝާމްއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ