މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޒިޔާދު

ރަސްމާދޫ، ފައިނު އަދި މަޑުއްވަރީ މުބާރާތުން ކަޓައިފި

މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް މުބާރާތުން ރަސްމާދޫ، ފައިނު އަދި މަޑުއްވަރީ މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގައި ގްރޫޕް އޭ ގައި ހިމެނޭ މަޑުއްވަރީ ޓީމުން ހަތަރު މެޗް ކުޅެން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް، ދެން އެގުރޫޕްގައި ހިމެނޭ ކިނޮޅަސް އަދި އިންނަމާދޫ އިން ނުކުޅެ އެއް މެޗް އޮތްއިރު އެ ދެ ޓީމުން ވެސް 3 ޕޮއިންޓް ހޯދާފައިވާތީ އެ މެޗްތަކުން ނުކުންނަ ނަތީޖާއަކުން މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު އަދި އެބަ އޮތެވެ. 

މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ފައިނު އަދި ރަސްމާދޫން ވެސް ވަނީ މިހާތަނަށް ދެ މެޗް ކުޅެފައެވެ. އެ ދެމެޗުން ވެސް ދެ ޓީމް ވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން ހަތަރު ޓީމް ހިމެނޭ އެ ގްރޫޕުން ސެމީ ފައިނަލަށް ވަނީ އުނގޫފާރު އަދި ހުޅުދުއްފާރު ދަތުރު ކޮށްފައެވެ. 

މި މުބާރާތުގައި މިއަދު ހަވީރު އޮންނަ މެޗްގައި ބައްދަލުކުރާނީ، ރަސްމާދޫ އަދި ފައިނެވެ. ރޭގަނޑު އޮންނަ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކިނޮޅަސް އަދި އިނގުރައިދޫއެވެ. އަދި މިރޭގެ ފަހު މެޗްގައި ބައްދަލުކުރާނީ ހުޅުދުއްފާރު އަދި އުނގޫފާރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލިބެ 2 months ago

ފައިނު ކެޓިޔަސް އެއީ މައްސަލައެއްނޫން އެންމެ ޅަކުދިންތިބި ހުނަރުވެރި ޓީމަކީ ފައިނު ޓީމް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ